ޓައިގަ ޝްރޯފްއަކީ އާންމު ގޮތެއްގައި އޭނާގެ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަންނާނެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އިއްޔެ އޭނާ ވަނީ އިންސްޓަގްރާމްގައި "އާސްކް މީ އެނީތިންގް" ގޭމް ކުޅެފަ އެވެ. މި ގޭމްގައި ޓައިގާގެ ސަޕޯޓަރުން ވަނީ ތަފާތު ގިނަގިނަ ސުވާލުތަކެއް ކޮށްފަ އެވެ.
އެގޮތުން އެ ގޭމްގައި ސަޕޯޓަރަކުކުރި ސުވާލަކަށް ޖަވާބު ދެމުން ޓައިގާ ޝްރޯފް ވަނީ މިއަދު "ހީރޯ ޕަންތީ 2" ގެ ޝޫޓިންތައް މުމްބާއީގައި ފަށާނެކަން ހާމަކޮށްފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ޓައިގާ އާއެކު ފެނިގެންދާނީ ތާރާ ސުތާރިއާ އެވެ.
މީގެ އިތުރުން ޓައިގާގެ ސަޕޯޓަރަކު ވަނީ އޭނާ އެންމެ ކެތްމަދުވެފައި ހުރީ ކޮން ފިލްމެއްގެ މަސައްކަތެއް ކުރުމަށް ތޯ ވެސް އަހާފަ އެވެ. މި ސުވާލަށް ޖަވާބު ދެމުން ޓައިގާ ބުނެފައިވަނީ "ހީރޯ ޕަންތީ 2", "ގަންޕަތް 1", "ރާމްބޯ 1", އަދި "ބާގީ 4" އަށް ކަމަށެވެ.
މީގެ ތެރެއިން ވަކި ފިލްމެއް ކަނޑައެޅުން ވީ ޓައިގާއަށް ދަތި ކަމަކަށެވެ.
ޓައިގާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ނުކުތް "ބާގީ 3" އިންނެވެ. ދެން އެންމެ އަވަހަށް ޓައިގާ ފެނިގެންދާނީ "ގަންޕަތް" އިންނެވެ. "ގަންޕަތް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރު އެވެ.
ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުން ނިމުމަކަށް!
މޮރޮކޯ އަތުން ބްރެޒިލް ފުއްދާލީ ޕޮއިންޓަކުން
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!