އިތުރު 138 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 13 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 105 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 73،798 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،602 ގައި މިހާރު ހުރިއިރު 69،378 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 28 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 210 މީހަކު ވަނީ މަރުވެފަ އެވެ.
މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
