އިތުރު 155 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 28 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 70 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 31 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 73،482 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 4،972 ގައި މިހާރު ހުރިއިރު 69،378 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 27 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހަކު ވަނީ މަރުވެފަ އެވެ.
ނިދި ގުރުބާން ކޮށް މެޗުތައް ބަލާ މީހުންނަށް މާހިރުންގެ އިންޒާރެއް
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
