ކިތަންމެ ވަރަކަށް އުޅުނަސް ބައެއް މީހުންނަށް ޖަންކު ފުޑްސް ނުވަތަ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ އާ ދުރަކަށް ނުދެވެ އެވެ. އެއީ ހަމަ ހިތާއި ހިތުގެ ގުޅުމެކޭ ވެސް ބުނެވިދާނެ އެވެ. އެހެން ނަމަވެސް މިހެން މިކަން ދިމާވާ ސަބަބެއް އޮވެ އެވެ. ހުރިހާ ވެސް މައްސަލައަކީ ހަމަ ނިދި ނުލިބުމެވެ.
ދާދި ފަހުން ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރެޕިޑް އައި މޫވްމެންޓް (އާރްއީއެމް) ނިދި ހަމަނުވުމަކީ މީހާ އަށް ސިއްހަަތަށް ގެއްލުންހުރި، އަދި ހާއްސަކޮށް ހަކުރާއި ފެޓް ހިމެނޭ ކާތަކެތި ކާހިތްކުރުވާ ކަމެކެވެ.
އާރްއީއެމް ސްލީޕްއޭ ކިޔަނީ މީހާ ނިދިގެން ގޮސް ހުވަފެން ފެންނަ ހިސާބަށް ގޮސް މީހާގެ މުޅި ހަށިގަނޑު ޕެރެލައިޒް ހާލަތަށް ދިއުމުންނެވެ.
މި ދިރާސާއިން އެނގިފައިވާ ގޮތުން އަމިއްލަ ނަފްސާއި މެދު ވިސްނާއިރު އެކަމާއި ގުޅޭ ސިކުނޑީގެ ސަރަހައްދު ކަމަށްވާ މެޑިކަލް ޕްރީފްރޮންޓަލް ކޯޓެކްސް އިން ނިދި ހަމަނުވުމުން އަހަރެމެން ހަޑިގަނޑަށް ގެއްލުން ހުރި އެއްޗެހި ކާހިތް ކުރުވުމުގައި ބޮޑު ދައުރެއް އަދާކުރެ އެވެ.
އެހެން ކަމުން ޑައިޓް ކުރާނަމަވެސް ނުވަތަ ސިއްހަތަށް ބަލައިގެން އުޅޭ އިރު ހަމަ ނިދި ލިބުމަކީ މުހިއްމު ކަމެކެވެ.