ޓްރާންސިޓް ހޮޓަލެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.
އެ އެއާޕޯޓު ހިންގާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މާފަރު އިންޓަނޭޝަން އެއާޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާ ކަމަށެވެ.
ހަތަރު ތަރީގެ ހޮޓަލެއްގެ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޓްރާންސިޓް ހޮޓާގެ މަސަައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި އެއާޕޯޓްގައި ހޮޓަލެއް ތަރައްގީކުރުމަށް ނިންމީ އެ އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ އެއާޕޯޓަކަށްވާއިރު، ޖެޓްތަކުގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކުރޫން އެއާޕޯޓުގައި މަޑުކުރާނެ ތަނެއް ހަމަޖެއްސުން މުޙިއްމު ކަމަކަށް ވާތީ އެވެ.
2019 ވަނަ އަހަރު ފަހުކޮޅު ހުޅުވި މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ހަނގުރާމަ ހުއްޓާލުމުން ނަތަންޔާހޫ އާއި ޓްރަމްޕްގެ ގުޅުން ގޯސްވަނީ
ޕޯޓަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތު އިތުރުކޮށްފި
އެއް މެޗަށްފަހު ޓިއުނީޝިއާ އިން ކޯޗު ވަކިކޮށްފި
