ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު މިމަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީއަށް ފަސް މިލިއަން ރުފިޔާއަށް ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މި މަޝްރޫއު ފެށުމަށް ސައިޓް މޮބިލައިޒް ކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓުމެއްނެތި ހިންގަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓްތައް ތަރައްގީކުރުމާއި، ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިމެނެ އެވެ.
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
ވޯލްޑް ކަޕް ޓީމުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް
