ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުކޮށް މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
ޔުނާންގެ ބޭބެ އަންނަނީ ޔުނާންގެ ދެމަފިރިން ހައްޔަރުކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އޭނާ ބުނީ އެ ދެމަފިރިންނަށް ދުވަހަކު ވެސް މައާފު ނުކުރާނެ ކަމަށެވެ.
މިއަދު އިރުއޮއްސުނުއިރު، އެ ދެ މީހުން ދިރިއުޅޭ ހުޅުމާލޭ ފްލެޓްކައިރިއަށް ބަޔަކު އެއްވެ ވަނީ އެ ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައި އިހްތިޖާޖުކޮށްފަ އެވެ. އަދި އެވަގުތު ޔުނާންގެ ދެމަފިރިން ފުލުހުންގެ ވެހިކަލްގައި ގެންދިޔަ މަންޒަރު ވެސް ފެނުނެވެ.
ފުލުހުން ބުނީ އެމީހުން ގެންދިޔައީ އަމިއްލައަށް ހިމާޔަތަށް އެދުމުން ކަމަށެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ވޯޓާ ގުޅޭ ގޮތުން އޮޅޭގޮތަށް މައުލޫމާތު ފަތުރާ: އޭޖީ އޮފީސް
އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
