މާލެގެ ހަތް މިސްކިތެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދުން ފަދަ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިނގަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބައެއް މިސްކިތްތަކުގައި މަސްތުވާތެކެތި ބޭނުންކުރުމާއި ނިދުން ފަދަ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ހިނގަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަމާމެދުގައި ފިޔަވަޅު އެޅުމަށާއި އެފަރާތްތަކަށް އަދަބު ދިނުމަށް ދަނީ ގޮވާލަމުންނެވެ.
މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިއްޓަވިއުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ އަމަލުތައް ހިންގާ ހަތް މިސްކިތެއް ފާހަގަ ކުރެވިފައިވާ ކަމަށާއި މިސްކިތްތައް އިތުރަށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ސިޓީ ކައުންސިލުން ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޒާހިރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިސްކިތުގައި ހަމައެކަނި ތިބެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެއް ނޫން ކަމަށާއި ވަންނާނެ ގެދޮރެއް ނެތް މީހުން ވެސް ތިބެ އެވެ. އެގޮތުން 70 މީހެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ޒާހިރު ފާހަގަ ކުރެއްވި އެވެ. އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ޚާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.
މިސްކިތްތަކަކީ އަޅުކަން ކުރުމަށް ބިނާކޮށްފައިވާ ތަންތަނެވެ. އެހެންކަމުން މިތަންތަނުގެ ހުރމަތް ކެނޑޭ ފަދަ ޢަމަލުތައް ނުހިންގުމަށާއި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ މަސްތުވާ ތަކެތި ބޭނުންކުރުމާއި ނިދުމާއި މިފަދަ އެނޫން ވެސް އަމަލުތައް ހިންގައިގެން މިހާތަނަށް 15 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިސްކިތްތައް މީގެފަހުން ވެސް ބަންދު ކުރަނީ ނަމަ ފޯރިމަރާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ. މިނިސްޓަރެއް ހުރުމުގެ ބޭނުމަކީ އެތަންތަން ރައްކައުތެރިކޮށް ބެލެހެއްޓޭ ކަން ކަށަވަރު ކުރުން. މިނިސްޓަރަށް ދުރުނުވިސް. ނޭނަމަ އެކަންކަން ވިސްނާ ކަށަވަރު ކުރެވޭނެ މީހަކަށް ފުރުޞަތު ދިނުމަށް އެކަހެރިވެލަން ޖެހޭ.
ތި ހަތް މިސްކިތަކީ ހަރުކަށި ފިކުރުގެ މީހުން ސައްލާކުރަންވެސް ދާ މިސްކިތްތަކެވެ. މިވެސް ހުއްޓުވަންޖެހޭ ކަމެކެވެ.
އޭޓީއޭމް ކާރީ ވެސް ތިބޭނު
ޢުސޫލު ހެދުމުން ނިމުނީތޯ؟ މިރާއްޖޭގައި ކޮންމެކަމެއް ހިންގާ އިރަށް ބުނާނީ އުޞޫލު ހަދަނީޔޯ، މިއުޅެނީ އުޞޫލު ނެތިގެނެއް ނޫން. މިއުޅެނީ ކަންކުރާނެ ބަޔަކު ނެތިގެން.
ކޮބާތޯ ފުލުހުން
މިހިރަ ނާގާބިލު އިސްލާމްދީނާ ބީރައްޓެހި ޒާހިރޫ. އިސްލާމްދީން ބާވައިލެއްވީއް ސުރެ އިސްލާމީ ޤައުމުތަކުގައި ކޮވިޑާ ހަމަޔަށް މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓުވާފައެއް ނުވޭ. މިހާރު ދުނިޔޭގެ ޤައުމުތަކުގައި ވެރިކަމުގައި ތިބީ ސައްހަ މުސްލިމުންނެއް ނޫން. ވީމާ ކޮވިޑް ހުއްޓުވަން ރޯދަހިފުމާއި ޒަކާތްދިނުން ވެސް އަދި މަނާކުރާނެ!