މާލެ ސިޓީ ކައުންސިލްގައި އިންނަވާ ޖުމްހޫރީ ޕާޓީގެ ހަމައެކަނި ކައުންސިލަރު މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު ޔުމްނާ ޕީޕީއެމްއަށް މިއަދު ސޮއި ކުރައްވައިފި އެވެ
ކައުންސިލަރު ޔުމްނާ ޕީޕީއެމްއަށް ސޮއި ކުރެއްވީ މިއަދު ޕީޕީއެމާއި ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ގޮތުން ޕީޕީއެމްގެ މެންބާޝިޕް ފޯމު ޔުމްނާ ހަވާލުކުރެއްވީ ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އަށެވެ.
އެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ ކައުންސިލަރުންގެ އިތުރުން ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޔުމްނާ ޕީޕީއެމަށް ސޮއި ކުރެއްވުމާއެކު ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ މެމްބަރަކު ސިޓީ ކައުންސިލަކު ނުހުންނަވާނެ އެވެ.
ޔުމްނާ ޕީޕީއެމަށް ސޮއިކުރެއްވުމުން މާލެ ސިޓީ ކައުންސިލްގައި އެ ޕާޓީގެ 13 ކައުންސިލަރަކު ތިއްބަވާނެ އެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ހަ ކައުންސިލަރަކު މާލެ ސިޓީ ކައުންސިލްގައި ތިއްބަވަ އެވެ.
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
ގެއްލުނު ދެ މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
