އުރީދޫ ކަސްޓަމަރުންނަށް ސޮނީ ލިވް އިން ޔޫރޯ 2020 ގެ މެޗުތައް ބެލޭނެ ގޮތް ހަދައިފި އެވެ.
އުރީދޫން ބުނީ އޭޝިއާގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ސޮނީ ލިވްއާ ދެމެދު ހެދި ޕާޓްނާޝިޕް އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ޔޫރޯގެ މެޗުތައް ބެލޭނެ ކަމަށެވެ.
މި ހާއްސަ ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މިހާރު ވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަންއާ އެކު މެޗުތައް ބަލާލުމަށް "ޔޫރޯ 2020 ޕެކް"ގެ ނަމުގައި ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އެގޮތުން 20ޖީބީގެ ޑޭޓާ 250 ރުފިޔާ ޕެކް ނަގާ ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް އާއި އައިފްލިކްސް އަދި ޓިކްޓޮކްގެ އިތުރުން ސައުންޑް ކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި އާޗާ ޕްރިޕެއިޑް ދެ ޖީބީޑޭ މަންތްލީ ޕްލޭން، ސުޕަނެޓް 50އެމް އަދި 100 އެމް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް ހިލޭ ސަބްސްކްރައިބް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާޗާ ޕޯސްޓްޕެއިޑަށް ސޯޝަލް މީޑިއާއަށް ހާއްސަކޮށްފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
އާސިފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފި
