އދ. ދަނގެތި ފަޅުތެރެއަށް މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:30 ހާއިރު ދަނގެތި ފަޅުގައި އޮތް "ބްލޫ ފޯސް 1" ސަފާރީން މޫދަށް ފޭބި މީހަކު ހަބަރެއް ނުވެގެން ބެލި އިރު، ސަފާރީއާ ދިމާލު މޫދު އަޑީގައި އޮއްވައި ފެނިފައިވާ ކަމަށެވެ.
"މޫދުން ނެގިއިރުވެސް އޭނާގެ ހަރަަކާތެއް ނެތް. ދަނގެތި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
މަރުވެފައިވަނީ ރ. އިނގުރައިދޫ ވެސްޓް ބީޗް، އުމުރުން 32 އަހަރުގެ މުމްތާޒް ހުސެއިނެވެ.
އޮފިޝަލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ވެސް މިއަދު ހަވީރު ވަނީ މަރުވެފަ އެވެ.
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!
ކެއިންބުއިމުގައި ދޮންކެޔޮ ހިމަނަންވީ 5 ސަބަބެއް!
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
