އެންމެ މީހެއްގެ އިހުމާލުން ވެސް އެތަކެއް އާއިލާއަކަށް ހިތްދަތިކަން ކުރިމަތިވެގެން ހިނގައިދާނެ އެވެ. މިމަހުގެ ދެ ވަނަ ދުވަހުގެ ރޭ ކޮވިޑް ބަލީގައި ކުޑަ ކުއްޖަކު މަރުވެގެންދިއުމާ ގުޅިގެން އެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރި އެވެ. އެކާ ގުޅިގެން ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާއި އިހުމާލުތައް ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި އޮއްސަން ފެށިގެން ދިޔަ އެވެ. އެހެން ނަމަވެސް އެ ވާހަކަތައް މިކަހަލަ ހާދިސާތަކާ ގުޅިގެން ދެއްކުން ފިޔަވައި ހައްލުވިކަމެއް މާޒީގެ ސޮފުހާތަކުން ވެސް ފެންނާކަން ނެތެވެ.
ފަޅުވެގެން އެދިޔައީ މަންމައެއްގެ އުނގެވެ. ބީވެގެން އެ ދިޔައީ މައިންބަފައިންގެ ހުރި ހަމަ އެކަނި ފުރާނަ އެވެ. ވޭނުގައި ތިން ގަޑިިއިރު ހޭދަވެގެން ދިޔައީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެޗްޕީއޭއަށް އެތަށް ފަހަރަކު ގުޅުމުން ވެސް ޖަވާބަކަށް ވީ މެޑިކަލް ޓީމްއާ ހިއްސާ ކޮށްލާނެ ވާހަކަ އެވެ. އައިޖީއެމްއެޗް އަށް ގުޅުމުން ވެސް އަޅާނުލާ ދޫކޮށްލީ އާއިލާ އެއްކޮށް ޕޮޒިޓިވް ކަމަށް ބުނެ އެޗްޕީއޭއަށް ގުޅުމަށް ބުނެފަ އެވެ.
އެ މައިންބަފައިންގެ ހިތުގެ އުދާސްތައް އިހުސާސްވޭ ބުނީމަ ގަބޫލު ކުރެވޭނެ ހެއްޔެވެ؟ ޒިންމާ ނަގާނީ ކާކުތޯ؟ ކުށްވެރިވަނީ ކާކުތޯ؟ މާފަށް އެދުނީމަ ގެއްލުނު ފުރާނަ އަނބުރާ ލިބޭނެތޯ؟ މީހަމަ އެހާ ކުޑަކަމަކަށް ހަދާފަ ނިންމާލަން ވީހެއްޔެ؟ އިއްޔެ ރޭ ވަކިވެ އެދިޔައީ 10އަހަރުގެ ކުޑަ ފާތުމަތު މިޝްކާ ކަމަށް ވާއިރު މާދަމާ ވަކިވެގެންދާނީ މިކަހަލަ ކިތަށް މިޝްކާގެ ފުރާނަތޯ އެވެ؟ މިއަށްވުރެ ގާބިލް ޒިންމާ ނަގަން ކެރޭ ވަރުގެ ބައެއް އަންނާނެ ހެއްޔެވެ؟
މިހާދިސާއާ ގުޅުންހުރި ވަރަށް ގާތުން ހިންގާދިޔަ އިތުރު ހާދިސާއެއްގެ ހުލާސާއެއް ހިއްސާ ކޮށްލާނަމެވެ. އެއީ ކޮވިޑްގެ ފުރަތަމަ ރާޅަށް ފަހު މާލެ ސަރަހައްދަ ލުއި ތަކެއް ދީފައި އޮތް ދުވަސްވަރުގައި ހިނގި ހާދިސާއެކެވެ.
މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު މެންދުރު އެކެއް ޖެހިފަހުން އަންހެނުން މާބޮޑަށް ބަނޑުގައި ރިއްސާތީވެ ދެމަފިރިން އެކީ މިސްރާބު ޖެހީ އައިޖީއެމްއެޗް އަށެވެ. ނަރުސް ކުދިން ތިން ފަހަރެއްގެ މަތިން ބަލާފަ ކޮވިޑް ޓެސްޓު ހެދުމަށް ސާންޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ވާޑްގަ ބޭއްވުމަށްފަހު ދިޔައީ އެވެ. 3:00ގެ ފަހުން ހެދި ޓެސްޓްގެ ނަތީޖާ ލިބެން ފަސް ގަޑިއިރު ހޭދަވިއިރު ޕޭޝަންޓް އޮތީ އެ ވޭނުގައި ނަތީޖާ ލިބެންދެން ބާއްވާފަ އެވެ.
ރޭގަނޑު 8:00ގެ ފަހުން ޕޭޝަންޓް އެހެން ފުލޯއަކަށް ގެންދިޔައިރު ފިރިމީހާއާ އާއިލާ ތިބީ ތިރީގަ އެވެ. ފޯނުން ވާހަކަ ދެއްކޭ ކަމެވެ. ދެ ނަރުހެއްގެ އޯގާތެރި ފިރުމުންތައް އެވޭނުގައި އޮވެގެން ލިބުނުއިރު މެންދަމު ތިނެއް ޖަހަންދެން އެ ވޭނުގައި ކެތްކުރީ އެކަނިމާ އެކަންޏެވެ. ކައިރީގަ ހުރި ބޭރު ނަރުސް ކައިރި ވަރަށް ވޭންއަޅައޭ ބުނުމުން "ޔެސް އައި ނޯ އޭ" ވޭން އަޅާނޭ ބުނީމަ ޕޭޝަންޓް ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟
ފަތިހު 4:00ގައި ޑިއުޓީގަ ހުރި ޑޮކްޓަރު ނުހުޅުވޭ ކަމަށް ބުނެ ވޭނުގައި ބާއްވާފައި ހެނދު ޑިއުޓީއަށް އައި ޑޮކްޓަރު އެމަޖެންސީކޮށް އޮޕަރޭޝަން ކޮށްގެން ބޭބީ ނެގީ ނަޖިސް ކެވިފައި އޮތީމަ އެވެ. އެ ވަރުވީއިރު ޑޮކްޓަރަށް ރޭކާ ވެސް ނުލީ ހެއްޔެވެ؟ ހޭވެރިކަންވެ ދުވަހުގެ ދެބައިކޮށްފަ އެއްބައިވިއިރު އެ މަންމައަށް ފެނުނީ ބޭބީގެ ހަމައެކަނި ފޮޓޯ އެކެވެ. އެއީ ވެސް އެތައް އިންޖެކްޝަނެއް ގުޅާފައި އޮތްވަ އެވެ.
ވިހޭތާ 24 ގަޑިއިރު ފަހުން އެ މަންމައަށް އެ ތުއްތު ކުއްޖާ ފެނުނުއިރު އޮތްހާލު ހިތަށް ގެނުވޭނީ ހަމަ އެ މަންމަ އަށެވެ. އެންއައިސީޔޫ ގައި ދެ ވަނައަށް ވީ ދުވަހު އެ ތުއްތު ފުރާނަ މިދުނިޔެއާ އަލްވަދާއުކީ އެވެ. އަލަށް ވެސް އުރާލަން އެ ދެމަފިރިންނަށް ލިބުނީ އެ މައުސޫމް ފުރާނަ ނެތް މަސްގަނޑެވެ. އަލަތު ދަރިފުޅު އަތަށް ލައިގެން އެ ދުވަހު ސަހަރާއަށް ދިޔައިރު އެ މީހުންގެ ހިތުގާ އަޅާނެ ވޭން ތަހައްމަލް ކުރެވޭނެ ހެއްޔެވެ؟ މި ކަމުގައި ކުށްވެރި ވަނީ ކާކު ހެއްޔެވެ؟
ރާއްޖޭގައި މިފަދަ އެތައް ހާދިސާ ހިނގާފައި ހުރިއިރު، މިއަދާ ހަމައަށް ވެސް މިކަންކަމަށް ހައްލެއް އައިސްފައެއް ނުވެ އެވެ. ކޮންމެ ހާދިސާއެއް ހިނގުމުން ސޯޝަލް މީޑިއާގައި އެ ވާހަކަތައް ކުށްވެރިކުރުން ފިޔަވައި އިތުރު ކަމެއް ނުވެ އެވެ. މިކަމުގަައި އިހުމާލުވާ ފަރާތްކާ މެދުގައި ފިޔަވަޅެއް އެޅޭނެ ތަނެއް ވެސް ނުފެނެ އެވެ.
ނަސީމު ނޫންމީހަކު ތި ޒިންމާ އުފުލާކަށް ނުޖެހޭނެ. ހެޔޮނުވަނެ މަޖިލިސް މެންބަރުން މިބޭފުޅާ ދުރުކޮށްދީ. އެއްވެސް ކަމެއް ރަނގަޅަކަށް ނުދޭ. އެމިނިސްޓްރީވެސް ހުންނަނީ މިހާރު ބަންދުކޮށްފަ. އަތޮޅުތަކާއި އެއްވެސް ގުޅުމެއްނެތް. އަޅައެއްނުލައި. އެއްވެސް ޕްލޭނެއްނެތް. ކޮންމެކަމެއްގެ ދެނީ ހުސް ތާރީހުތަކެއް. އަދި ހަމައެއްކަމެއްވެސް ނުވޭ. ކޮވިޑްކަންތައްވެސް ނޮންކޮވިޑް ހިދުމަތްތަކެއްވެސް މެނޭޖުނުކުރެވުނު.
ޒިންމާއަޅުވާނީ އެމްބިއުލާންސްގަ. ނަސީމު ބޯދަމައިގަންނާނެ. ނުދޭނެ އިސްތިއުފާއެއްސް.
ނަސީމަކަށްނުވާނެ. މިހާރު މާބޮޑަށް އުމުރުންދުވަސްވީމަ. މުޅިންވެސްވަނީ ފެއިލް. މިނިޒާމު ފުޑިއްޖެ އަތޮޅުތަކަށްވެސް އަޅާނުލި. ކޮވިޑް މެނޭޖެއްނުވި މަރުވާ އަދަދުދަނީ މައްޗަށް. ކުރެވުނު އެއްކަމެއްނެތް.
އަޅާނީ ކޮންފިޔަވަޅެއްކަން ނޭނގޭބަޔަކަށް ފިޔަވަޅެއް އަޅާކަށް ނޭނގޭނެ. ބަލަދު އަރައިގެން ދައުލަތުގެ ނޫނީ ރައްޔިތުންގެ ފައިސާއިން މުސާރަދޭން ބައިތިއްބާފައި ތިބޭމީހުން ހައްތާވެސް . ކަމެއްކުރަންނޭގުނީމާ ކައިރިކުރާންވެސް އެހީތެރިންނަށް ސްޓޭޓް މިނިސްޓަރުންނޭ ކިޔާފައި ދިހަ ބާރަމީހުން ކައިރިޔަށް ލައިދީފައި ތިބިމީހުންހައްތާވެސްތިބީ. ގޯސްކޮށް ކަމެއްހިގައްޖެނަމަ ކުރީގެ ސަރުކާރު ނޫނީ މައުމޫނުގެ ބޮލަށް ކަނޑާލީމާ މައްސަލަ ހައްލުވީ.