ބޭރުގެ ސިފައިން ރާއްޖެ އަރަން ގޮވުން ކުށަކަށް ހަދަންވީ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މިއަދު ސައީދު ވަނީ ޓުވިޓާ މެދުވެރިކޮށް ތިމާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ބޭރު ގައުމުތަކުންނާއި ކުލީސިފައިން އަރައި، އުފަން ގައުމު ހިފަން ގޮވުމަކީ ގައުމަށް ގައްދާރުވުން ކަމުގައި ކަނޑައެޅުން އެ ބޭފުޅުންގެ އެޖެންޑާގެ ކުރިޔަށްލުމަށް ގޮވާލާފަ އެވެ.
"ތިމާ ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ބޭރު ގައުމުތަކުންނާއި ކުލީސިފައިން އަރާ އުފަން ގައުމު ހިފަންގޮވުމަކީ ގައުމަށް (މުތުލަގަށް) ގައްދާރުވުންކަމުގައި ކަނޑައެޅުން 'އެޖެންޑާ'ގެ ކުރިއަށްލަމާތޯ؟" ސައީދު ވިދާޅުވި އެވެ.
ސައީދު އެގޮތަށް ޓުވީޓެއް ކުރެއްވީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާ އާއި ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ނަފްރަތުގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން އާންމުގެ އެތަކެއް ފާޑު ކިޔުމެއް އެމްޑީޕީ އަށާއި ސަރުކާރަށް އަމާޒުވުމުންނެވެ.
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވެސް އަންނަނީ މަޖިލީހަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި ބައެއް މަޖިލިސް މެމްބަރުން އަންނަނީ އެ އިސްލާހަށް ދެކޮޅަށް އަޑު އުފުލަމުންނެވެ.
ނޮވެމްބަރ 3 ވެސް ކާމިޔާބުވީ ޝަހީދު އަލީމެން ގައުމައްޓަކާ ވީގުރުބާނީއިން އިންޑިޔާ ސިފައިންނައް އާދެވުނީ ގައްދާރުން ބަލިވެ ފިލަން އުޅެކޮއް
ނޮވެމްބަރު 3 ހާދިސާ ގަ މިތަން ސަލާމަތް ކުރީ ޕީޕީއެމްގެ މީހުން ތޯ؟ ނުވަތަ ބޭރުސިފައިން ތޯ؟ ސައީދު މެން ބޮލުރޮދި ކެނޑިފައި؟