ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ސިއްހީ އެހީތެރިން ޝަކުވާކުރުމުން އެ މީހުންނަށް ފިޔަވަޅު ނޭޅުމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ގޮވާލައިފި އެވެ.
ޑރ. މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް ބަލި ރާއްޖޭގައި ބާރަށް ފެތުރެމުން އަންނައިރު އެބަލި މަޑުކަމުން އަރައިގަތުމަށް ސިއްހީ އެހީތެރިން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ.
ކޮވިޑްގެ މި ހިތާމަވެރި، ދަތި ވަގުތުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތަކުން އަންނަނީ އެ މީހުންނަށް ކުރެވުނުހާ މަސައްކަތެއް އެންމެ ފުރިހަމަ ކަމާއެކުގައި ކުރަމުން ކަމަށާއި އަދި އެމީހުނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހަޔާތުގައި ވެސް ދެކިފައިނުވާ ވަގުތަކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ސިއްހީ މަސައްކަތްތެރިން އެމީހުންގެ ޝަކުވާތަށް ބަންޑުން ކުރާނެ ކަމަށާއި އެކަމަށް އަދަބު ދިނުމުގެ ބަދަލުގައި އެ މަސައްކަތްތެރިންގެ އަޑުއަހަން ޖެހޭ ކަމަސް ވެސް ޑރ. މުހައްމަދު ވިދާޅުވި އެވެ. އަދި ޑރ. މުހައްމަދު ވަނީ ސިއްހީ މަސައްކަތްތެރިންނަށް ވަނީ އެމީހުން ބުނަށް ބޭނުންވާ އެއްޗެށް ބުނެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް ބަލިޖެހިފައިވާ މީހުންގެ އަދަދު މައްޗަށް އަރާފައިވާއިރު މިބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުނެވެ. ކޮވިޑް ބަލި ކޮންޓްރޯލު ކުރުމަށް ސަރުކާރުންނާއި އެޗްޕީއޭއިން ގެންގުޅޭ ސިޔާސަތުތަކަށް ގިނަ ބައެއް އަންނަނީ ފާޑު ކިޔަމުނެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ މެދުގައި ސަރުކާރުން އިހުމާލުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުނެވެ.
އެމްޑީޕީ ކެމްޕޭން / އިންތިހާބީ ސަކަރާތުގާ މުޅިރާއްޖެއައް ކޯވިޑުބައްސަވާ އިންޑިއާގެ ކަރަންޓީން ދާނުގާ ކޯވިޑުބިސްއަޅާ މިޤައުމު ހަރާބުކޮއްފޫއެވެ. މިދެބަސްވެވެންނެތް ހަޤީގަތެވެ. މީގެކުރިން ވަނީ ސިއްހީނިޒާމާ ކުޅި އެތަންތަން ވެސް ޚަރާބުކޮއްލުމުގެ ރޯގާ އެތަނަށްޖެހިފައެވެ.ހަމައެކަނި ޤައުމުގަ ހުޅުޖަހާއަންދާލީކީ ނޫނެވެ. އެތައް އެތައް މުޑުދާރު ޖަރީމާތައް މިދަނީ ހައްދު ފަހަނައަޅާ ރޯމާދުވާލު ހިންގަމުންނެވެ.
100ގެ ވާހަކަފުޅެކެވެ.