ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުކަންކުރި ވަކި ބަޔަކަށް ދިން ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ނިންމާފައި ވާތީ އެކަމާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ފާޑު ވިދާޅުވެއްޖެ އެވެ.
އުޝާމް ފާޑުވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގަތުމުގެ ކުރިން އަދީބު އަށް ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ނަން ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ހިމަނާފައިވާތީ އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަދީބުއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން 2014 ގެ ކުރީކޮޅު އަލީ ހުސެއިނަށް ދިން ފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށް ވެފައި، ހިޔާނާތުގެ ކަންކަން ފަޅާއެރިފަހުން 2015 އިން ފެށިގެން އަދީބުގެ ވަކީލުކަންކުރި އެހެން ފަރާތްތަކަށްދިން ފައިސާ އެއީ ހިޔާނާތުގެ ފައިސާއަށް ނުވި ކަމަށެވެ.
އުޝާމް މިހެން ވިދާޅުވީ އަދީބަށް ގާނޫނީ ވަކީލުކަން ކޮށްދިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ ނަން މަޖިލީހުން އާންމުކުރި ހިޔާނާތުގެ ލިސްޓުގައި އޮވެފައި، އަދީބަށް ދެން ގާނޫނީ ވަކީލުކަން ކޮށްދިން ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ހިމެނިފައި ނުވާތީއެވެ. އެގޮތުން އަދީބަށް ގާނޫނީ ވަކީލުކަން ކޮށްދިން ބޭފުޅުންގެ ތެރޭގައި މިހާރު ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު އެލިސްޓާ މެދުގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުމެއް ނެތް ކަމަށާއި ލިސްޓަށް ނަން އަރުވާފައިވަނީ ތަހުގީގަށް އެއްވެސް ސުވާލެއް ވެސް ކޮށްލުމެއް ނެތި ކަމަށް ބުނެ ބަޔާންތައް ނެރެފަ އެވެ.
އިތުބާރު ކުރެވޭ އެއްވެސް ތަނެއް ނެތް. ކޮންމެ މީހަކު އަމިއްލަ އެދުމާއިގެން. ތިމާ މެންގެ ނަގާފައި ދެން ތިބީންނަށް އަނިޔާ ދެވިދާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް. ﷲ ތަޢާލާގެ ނިންމެވުން މާ ފުރިހަމަވާނެ.