ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މެދުކެނޑިފައި ވާއިރު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ދައުރު އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
ނަމަވެސް ކުރީގެ ދައުރުތަކެކޭ އެއްފަދައިން މި ދައުރުގެ މުއްދަތު ވެސް އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ގިނަ ޖަލްސާތަކެއް ނުބާއްވާތީ އެވެ.
ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމުގެ އިތުރުން، ބައެއް ކޮމިޓީތައް މަދު މިނެޓުކޮޅެއްގެ ތެރޭގައި ނިންމާލުމާއި ގަޑިޖެހުމުން ކެންސަލްކުރާ މައްސަލަތަކާ ހުރެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަބަދުވެސް ރައްޔިތުންގެ މަޖިލީހަށް އަމާޒުވެ އެވެ. ދައުލަތުގެ ބަޖެޓުން ބޮޑެތި މުސާރައާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ މެންބަރުންގެ މަސައްކަތުގެ ނަތީޖާ އެކަށީގެންވާ ވަރަށް ނުފެންނަކަމުގެ ޝަކުވާއަކީ ރައްޔިތުންގެ މެދުގައި އަބަދުވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ކަން އެހެން އޮއްވައި މަޖިލީހުގައި މުހިންމު މަސައްކަތްތައް މިހާރު ވެސް ކޮމިޓީ މަރުހަލާގައި ޕާކުކޮށްފައި އެބަހުއްޓެވެ.
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
ސީރިޔާ އިން އިޒްރޭލާއެކު ސަލާމަތީ އެއްބަސްވުމަކަށް ތައްޔާރުވަނީ
ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް