ވައި ގަދަވެ، ކ. މާފުށީގައި އަރުވައިގެން އުޅުނު ފެރެސެއިލިން ވައިކުޑައެއް މިއަދު ފަޅައިގެން ގޮސްފި އެވެ.
މިއަދު ހެނދުނު ކުއްލިއަކަށް ވައި ގަދަވުމުގެ ސަބަބުން ހިނގި މި ހާދިސާގައި، ވައިކުޑަ ފަޅައިގެން ގޮސް އޮޅުނީ އެ ރަށުގައި ހަދާފައިވާ ޒިޕްލައިނުގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަގުތު މޫދުގައި ޖެޓްސްކީގައި ތިބި ބައެއްގެ އެހީތެރިކަމާއެކު، ވައިކުޑައިގައި ތިބި މީހުން ވަނީ އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާއެކު ސަލާމަތްކޮށްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.
މިއަދު ވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ހަތިޔާރު މަދުވި ކަމަށް ބުނާ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
ސީރިޔާ އިން އިޒްރޭލާއެކު ސަލާމަތީ އެއްބަސްވުމަކަށް ތައްޔާރުވަނީ
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!