ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރު އަލުން ފެށިފައިވާ ކަމަށެވެ. މީގެ ކުރިން މި މަސައްކަތް މެދުކެނޑެން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، އީރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިއުމެވެ. ނަމަވެސް މިހާރު ހުރަސްތައް ގިރާކޮށް، އެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްދާކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން، ގިރާވަރުފަޅުން ގޯތި ދޫކުރުމުގައި ކުރިން ހުރި ބޮޑެތި މައްސަލަތަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ، ކަނޑަށާއި ގިރާވަރު ރިސޯޓަށް އަރާގޮތަށް ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް މިހާރު ގުޅިފަޅަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މި ބަދަލާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ އެހެން މަޝްރޫއުތަކުގެ ތެރެއިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާކަން ވެސް ވިދާޅުވި އެވެ.
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
ނިޝާން އިއްޒުއްދީނުގެ އިއްޒަތް ހަތަރު ބޭފުޅަކަށް އަރުވައިފި
