ފޮނި ކެއުމަކާ ނުލާ އީދުގެ ސުފުރާ ފުރިހަމައެއް ނުވާނެ އެވެ. ތިރީގައި މި ގެނެސްދެނީ މިއަދުގެ ސުފުރާގައި ހިމަނާލަން ރަނގަޅު ހަދާލަން ފަސޭހަ ފޮނި ކެއުމެކެވެ.
ބޭނުންވާ ތަކެތި
- ½ 1 ޖޯޑު ހަކުރު
- 3/1 ޖޯޑު ކޮކޯ
- 3/1 ޖޯޑު ކޯން ސްޓާޗް
- ކުޑަ ލޮނު ކޮޅެއް (ދެއިނގިލި ކުރިން ނެގޭވަރަށް)
- ½ 4 ޖޯޑު ކިރު
- 4 މޭޒުމަތީ ސަމުސާ ބަޓަރު
- 1 ސައި ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
- އުނދުން މައްޗަށް ތެއްޔެއް އުދައި ހަކުރު، ކޮކޯ ޕައުޑަރު، ލޮނު އަދި ކޯން ސްޓާޗް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކިރު ކޮޅު އަޅައި ރަނގަޅަށް އެއްވަންދެން ހާކާށެވެ.
- ކުޑަކޮށް ގިނި ގަދަކޮށްލުމަށްފަހު ބޮކި ޖަހައި އެއް މިނެޓް ވަންދެން ކައްކާށެވެ. ފުލު ނުޖެހޭ ވަރަށް ފަރުވާތެރިވާށެވެ. ކެކިގަނެ އޮލަވުމުން އުނދުން މަތިން ބާލާ ބަޓަރާއި ވެނީލާ އެސެންސް އަޅައި އެއްކުރާށެވެ.
- ޕުޑިންގް ކޮޅު ހިހޫކުރަން ބަހައްޓާށެވެ. ގަނޑުނުވާނެހެން އިރުއިރުކޮޅުން ހާކާލަން ވާނެ އެވެ.
ފޮނި ތަކެތި އަޅާ ތަށިތަކަށް ޕުޑިން އެއްވަރަށް އަޅާލުމަށްފަހު މައްޗަށް ކުޑަ ވިޕިންގް ކްރީމް ކޮޅަކާއި ގާނާފައި ހުރި ޗޮކްލެޓް އަޅައި ސުފުރާއަށް އިންސާފު ކުރައްވާށެވެ.