އެމެރިކާގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ، ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ސެނެޓަރެއް ކަމަށްވާ ލިންޑްސޭ ގްރަހަމް، އުމުރުން 71 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ސައުތު ކެރޮލައިނާގެ ސެނެޓަރުކަން 2003 ވަނަ އަހަރުން ފެށިގެން ކުރި ގްރަހަމް މަރުވީ ކުއްލި ބައްޔަކަށް ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
އޭނާގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައި ވާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވީ ވޮޝިންޓަންގައި ހުންނަ އަމިއްލަ ގޭގައި އުޅެނިކޮށް ހާޓް އެޓޭކެއް (ކާޑިއެކް އެރެސްޓް) ޖެހިގެންނެވެ. މިއީ ޔޫކްރެއިންއަށް ކުރި ރަސްމީ ދަތުރަށްފަހު އެނބުރި ގައުމަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ދިމާވި ކުއްލި ހާދިސާއެކެވެ.
ގްރަހަމްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އަރިސް އަދި އެންމެ ވަފާތެރި އެއް ބައިވެރިޔާ އެވެ. އޭނާ ވެގެން ދިޔައީ ކޮންގްރެސްގެ ތެރެއިން ޓްރަމްޕްގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރި ސިޔާސީ ލީޑަރަށެވެ. ގްރަހަމް މަރުވުމާ ގުޅިގެން ޓްރަމްޕް ވަނީ އޭނާއަކީ ގައުމީ ބަތަލެއްގެ ގޮތުގައި ސިފަކުރައްވައި، ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވާފަ އެވެ.
ހާއްސަކޮށް ހާރިޖީ ސިޔާސަތުތަކުގައި ހަރުކަށި ވިސްނުމެއް ގެންގުޅުނު ގްރަހަމްއަކީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރި މީހެކެވެ. އަދި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކުރި މީހެކެވެ.
އޭނާ މަރުވުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ، އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ގެއްލިއްޖެ ކަމަށް ބުނެ ތައުޒިޔާ ފޮނުވާފަ އެވެ.
ސެނެޓްގެ ފަސްވަނަ ދައުރަކަށް ކުރިމަތިލުމަށް ތައްޔާރުވަމުން ދަނިކޮށް ގްރަހަމް މަރުވުމަކީ އެމެރިކާގެ ސިޔާސީ މަސްރަހަށް ލިބުނު ބޮޑު ސިހުމެކެވެ.
ރެއިންގެ ތަދު ފިލުވާލަދިން "ހޯމް ރިމެޑީސް" ވަރެއް ނެތް!
ޒުވާނުންގެ ހިތުގެ ދުޅަހެޔޮ ކަމަށް ފަލަބަލިން ރައްކާތެރިވާން ޖެހޭ!