ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭ އިން ކަނޑައަޅައިފި އެވެ.
މި ނިންމުމާއެކު ތިނަދޫ ކައުންސިލްގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ކައުންސިލްގެ ނައިބާ ހަވާލުކޮށްފަ އެވެ.
ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ކަން އެހެން އޮއްވައި ޝުޖާއު އަލީ މިއަހަރުގެ ކައުންސިލް އިންތިހާބު ކާމިޔާބުކުރެއްވީ "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައި ކަމަށްވީ ނަމަވެސް، ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ރަސްމީކޮށް ދަފްތަރުވެފަ އެވެ.
ޕާޓީ ބަދަލުކުރުމުގެ މި މައްސަލައާ ގުޅިގެން، ޝުޖާއު ކައުންސިލްގެ ރައީސްކަމުން ވަކިވެފައިވާ ކަމަށް ނިންމައި، އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެލްޖީއޭގެ ބޯޑުން ފާސްކުރީ ޖޫން 30 ގައި ބޭއްވި ބައްދަލުވުމުގަ އެވެ.
ޝުޖާއު ފުރަތަމަ ނިސްބަތްވި "ދަ ޑިމޮކްރެޓްސް" އަކީ ގާނޫނުން ލާޒިމުކުރާ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އިއްޔެ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އުވާލާފައިވާ ޕާޓީއެކެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވައިފި
ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި
މުވައްޒަފެއް ޒަހަމް ވުމުން ކްރިސްއަށް ޖޫރިމަނާގެ އަދަބެއް!