މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމާއެކު، އީރާނުން ވަގުތުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލާނެ ކަމަށާއި، އަދި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ކަނޑުގެ ބަންދު (ބްލޮކޭޑް) ވަގުތުން ނިމުމަކަށް އަންނާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުރާސްފަތި ދު ފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، މި އެއްބަސްވުމަށް ވަގުތުން އަމަލުކުރަން ފެށޭނެ ކަމަށާއި، އޭގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ހޮރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލާނެ ކަމަށެވެ. އަދި ހަމައެއާއެކު، އެމެރިކާ އިސްވެ އޮވެ އީރާނާ ދެކޮޅަށް ހިންގަމުންދާ ކަނޑުގެ ބަންދުވެސް ވަގުތުން އުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ތާރީހީ އެއްބަސްވުން ފާހަގަކުރުމަށާއި ފަންނީ ފެންވަރުގެ މަޝްވަރާތައް ފެށުމަށްޓަކައި، ގަތަރުގެ އެހީތެރިކަމާއެކު ސްވިޒަލޭންޑުގައި ހުކުރު ދުވަހު ބާއްވާ ރަސްމިއްޔާތެއް ޕާކިސްތާނުން ހޮސްޓްކުރުމަށް ހަމަޖެހިފައިވާކަން ބޮޑުވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރުމަށް އެއްބަސްވެފައިވާއިރު، އޭގެ ބަދަލުގައި އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިދީ، ފުޅާ ދާއިރާއެއްގައި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް