ޕެކެޓްކޮށްފައި ހުންނަ އަލުވި އަލުވި ޕެކެޓާއި، ފޮނި ބިސްކޯދާއި، ގޭސް އެކުލެވޭ ފޮނި ބުއިންތަކުގެ އިތުރުން ފާސްޓްފުޑްގެ ބާވަތްތަކަކީ މިއަދު އަހަރެމެންގެ ދިރިއުޅުމުގެ ބައެކެވެ.
ނަމަވެސް، ސައިންސްވެރިންނާއި ސިއްހީ މާހިރުންގެ އައު ހޯދުންތަކުން ދައްކާ ގޮތުގައި، މިފަދަ އަލްޓްރާ-ޕްރޮސެސްޑް ފުޑްސްއަކީ ހަމައެކަނި ސިއްހަތަށް ގެއްލުންހުރި އެއްޗެހި އެކަންޏެއް ނޫނެވެ. މިއީ ސިނގިރޭޓާއި މަސްތުވާތަކެތި ފަދައިން އިންސާނާގެ ސިކުނޑި އެއަށް ދެވި ހިފުވުމުގެ ބާރު ލިބިގެންވާ ތަކެއްޗެވެ.
މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ބަލިތަކުން ސަލާމަތްވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އަލްޓްރާ-ޕްރޮސެސްޑް ކާނާއަށް ދެވިހިފަނީ ކީއްވެ؟
ތިމާވެށީގެ އަދި ސިއްހީ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ގުދުރަތީ ކާނާގެ ބާވަތްތަކާ ހިލާފަށް ސިނާއީ ގޮތުން ތައްޔާރުކުރާ ކާނާގައި ހަކުރާއި، ސަރުބީ އަދި ކާބޯހައިޑްރޭޓްސް އެކުލެވިގެންވަނީ ސިކުނޑިއަށް ނުފޫޒު ފޯރުވާ ފަދަ ނުރައްކާތެރި މިންވަރަކަށެވެ.
ސިކުނޑީގެ "ރިވޯޑް" ސިސްޓަމް: މިފަދަ ކާނާއެއް ކެއުމުން ސިކުނޑިން 'ޑޯޕަމީން' ކިޔާ ކެމިކަލެއް ވަގުތުން ދޫކުރެ އެވެ. މިއީ ސިނގިރޭޓް ބުއިމުން ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުން ވެސް ސިކުނޑިއަށް ކުރާ އަސަރެކެވެ.
ހަލުވިކަމާއެކު ހަށިގަނޑަށް ދަމާގަތުން: މިފަދަ ކާނާ ހަށިގަނޑަށް ދަމައިގަންނަ ވަރު އަވަސްވުމުގެ ސަބަބުން، ސިކުނޑިއަށް ލިބޭ އުފާވެރިކަން އަވަސްވެ، ތަކުރާރުކޮށް އެ އެއްޗެއް ކެއުމުގެ ޝައުގުވެރިކަން މީހާގެ ހަށިގަނޑުގައި އުފެދެ އެވެ
.ދެވިހިފުމުގެ އަލާމާތްތަކަކީ ކޮބާ؟
ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ބޮޑެތި މީހުންގެ ތެރެއިން 14 ޕަސެންޓަށްވުރެ ގިނަ މީހުން އަދި ކުޑަކުދިންގެ ތެރެއިން 12 ޕަސެންޓަށްވުރެގިނަ ކުދިން ވަނީ މިފަދަ ކާނާގެ ބާވަތްތަކަށް ސީދާ ދެވިހިފާފަ އެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި:
- ބަނޑު ފުރިފައި ހުންނައިރު ވެސް އެފަދަ ކާނާއެއް ކެއުމަށް ބޭނުންވުން.
- ސިއްހަތަށް ގެއްލުންވާކަން އެނގިހުރެވެސް، އެ ތަކެތި ކެއުން ހުއްޓާލަން އުނދަގޫވުން
- .އެފަދަ ކާނާއެއް ނުލިބުމުން މޫޑު ގޯސްވުން ނުވަތަ ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުން.ދު
ޅަހެޔޮ ދިރިއުޅުމަކަށް އޮތް ހުރަސް
މިފަދަ ކާނާގެ ސަބަބުން ހަމައެކަނި ފަލަވަނީއެއް ނޫނެވެ. މިއީ ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ކެންސަރު އަދި ނަފްސާނީ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.
"މިއީ ހަމައެކަނި އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމުގެ މައްސަލައެއް ނޫން. މި ކާނާތައް އުފައްދާފައިވަނީ މީހާ އެއަށް ދެވިހިފާނެ ގޮތަށް ސައިންޓިފިކް ފޯމިއުލާތަކަކަށް ބަލައިގެން،" މާހިރުން ފާހަގަކުރެ އެވެ.
މިކަމުން ސަލާމަތްވާނީ ކިހިނެއް؟
ސިއްހީ މާހިރުން ލަފާދެނީ، މި ދެވިހިފުމުން ސަލާމަތްވުމަށްޓަކައި އެއްފަހަރާ ހުރިހާ އެއްޗެއް ކެއުން ހުއްޓާލުމުގެ ބަދަލުގައި، މަޑުމަޑުން ގުދުރަތީ ކާނާ (މޭވާއާއި، އެކި ބާވަތްތަކުގެ ތަރުކާރީ އަދި ނަޓްސް) ބޭނުންކުރާ މިންވަރު އިތުރު ކުރުމަށެވެ.
ކާބޯތަކެތި ގަންނައިރު އޭގެ ބޭރުގައިވާ "އިންގްރިޑިއަންޓްސް" ލިސްޓު ކިޔައި، ގިނަ އަދަދަކަށް ކެމިކަލް ހުންނަ ތަކެތިން ދުރުހެލިވުމަކީ ދުޅަހެޔޮ ސިއްހަތެއްގެ ފެށުމެވެ.
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ