ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގައި ރޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ބްރެޒިލްއަށް ރޭގެ މެޗުގެ ފެށުން ރަނގަޅެއް ނުވިއެވެ. ވަރުގަދައަށް މެޗު ފެށި މޮރޮކޯ އިން މެޗުގެ 21 ވަނަ މިނިޓުގައި ލީޑު ނެގީ އިސްމާއިލް ސައިބާރީ ޖެހި ލަނޑުންނެވެ. މިއީ ވޯލްޑް ކަޕެއްގައި ދެކުނު އެމެރިކާގެ ޓީމެއް ކޮޅަށް މޮރޮކޯއިން ލަނޑެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އެކަމަކު ބްރެޒިލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފު ނިމެން 13 މިނިޓަށްވެފައި ވަނިކޮށް، ވިނީޝިއަސް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ.
މި ނަތީޖާއާކު، ބްރެޒިލް ވަނީ ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ މެޗުން ބަލިނުވެ، 1934 ވަނަ އަހަރުގެ ފަހުން ދަމަހައްޓަމުންދިޔަ ރެކޯޑް ހިފަހައްޓައިފަ އެވެ.
މެޗަށްފަހު ވާހަަކަދައްކަމުން ބްރެޒިލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނީ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗަކީ ބްރެޒިލަށް "އުނދަގޫ" މެޗެއް ކަމަށެވެ. އެކަމަކު ކުރިއަށް އޮތް މެޗުތަކުގައި ބްރެޒިލްގެ ކުޅުން ރަނގަޅުވާނެ ކަމަށެެވެ.
"ފުރަތަމަ މެޗަށް ކުރިމަތިލާއިރު، ޓީމުގެ ކުޅުން ފުރިހަމައަށް ނުފެނިދާނެ. ދެން ހުރި މެޗުތަކުގައި ޓީމުގެ ކުޅުން ރަނގަޅުވާނެ. މި މެޗުގައި މާ ގިނައިން ބޯޅަތައް ގެއްލުވާލީ. އެއީ ރަނގަޅުކުރަންޖެހޭ ކަމެއް،" އެންޗަލޮޓީ ބުންޏެވެ.
ގަތަރަށް ވޯލްޑް ކަޕްގައި ފުރަތަމަ ޕޮއިންޓް
ވައިޓް ހައުސްއަށް އެރިއާނާގެ ވަރުގަދަ އިންޒާރެއް!
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
