ނ. މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
މާފަރު ކައުންސިލްގެ މެންބަރަކު ވިދާޅުވީ އިއްޔެ މެންދުރުފަހު 2:00 އިން ފެށިގެން ކުރި ވިއްސާރައިގައި ރަށުތެރޭގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެފައިވާ ކަމަށެވެ. މާފަރު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 10 ގެއަކަށް ފެންވަދެފައިވީ ނަމަވެސް، އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައެއް ނުވެ އެވެ. ނަމަވެސް، ލަކުޑިން ހަދާފައިވާ ބައެއް ފަރުނީޗަރު ފަދަ ތަކެއްޗަށް ފެނުގެ އަސަރުކޮށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
"މާބޮޑު ގެއްލުލެއް ލިބުނު ކަމުގެ ޝަކުވާއެއް ނެތް ލިބިފައެއް،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާން ފެށުމުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އެހީތެރިކަމަށް ކައުންސިލުން ވަނީ އެދިފަ އެވެ. އެގޮތުން، އިއްޔެ ހަވީރު ތިނެއް 3:00 ހާއިރު ސިފައިން ވަނީ ކޯރުކެނޑުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 130 ވެލިބަސްތާ ޖަހާފައިވާއިރު، ފެންގަނޑު އެއްކޮށް ހިންދާލެވި މަގުތައް އާންމު ހާލަތަކަށް ގެނެވިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރި ނަމަވެސް، ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!
ކޮންމެ ނަތީޖާއެއް ނުކުތަސް ހުންނާނީ ޕާޓީއާއެކު: ސޯލިހު
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟
