އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، މި ކާމިޔާބީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ސިފަކުރައްވާފަ އެވެ. އަދި އެމްޑީޕީގެ މެންބަރުންނަށާއި ކެމްޕޭން ޓީމަށް ޝުކުރު އަދާކުރައްވައި، އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު މީކާއިލް އަހްމަދު ނަސީމަށް އެ މަނިކުފާނު ވަނީ މަރުހަބާ ދަންނަވާފަ އެވެ.
މިހާތަނަށް ގުނާފައިވާ ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި، ރައީސް ނަޝީދު ވަނީ 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ކަށަވަރުކުރައްވާފަ އެވެ. ކުރިއަށް އޮތްތަނުގައި ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، ރައީސް ސޯލިހާއެކު ގުޅިގެން މަސައްކަތްތައް ފަށްޓަވާނެ ކަމަށާއި، އެކަމާ ގުޅޭގޮތުން އެ މަނިކުފާނަށް މެސެޖެއްވެސް ފޮނުއްވާފައިވާނެ ކަމަށެވެ. އަދި ޕާޓީ އަލުން އާލާކޮށް ދިރުވުމަށް ފައްޔާޒު އިސްމާއީލް ފަދަ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ ހިންގުމުގެ އޮނިގަނޑުގައި އެންމެ އިސް އަދި އެންމެ ބާރުގަދަ އެއް މަގާމެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،000އަށްވުރެ ގިނަ މެންބަރުންނަށް ލިބިފައިވާއިރު، މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމު ފުރުއްވާފަ އެވެ.
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
