އެމްވީ ކްރައިސިސް ނަމުގައި ހިންގާ ސޯޝަލް މީޑިއާ ޕޭޖްތަކަކީ އަޙްމަދު އަޝްރަފް (ޝުންބާ ގޮންގް) ހިންގާ އެކައުންޓްތަކެއްކަން ސާބިތުނުވާތީ، އޭނާގެ މައްޗަށް ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ ގާނޫނީ ވަކީލު އަބްދުﷲ މަހްޒޫމް މާޖިދުގެ ފޮޓޯ ބޭނުންކޮށްގެން، އޭނާއާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، އަބުރުގެ ބަދަލު ހޯދުމަށް އަހްމަދު އަޝްރަފްގެ މައްޗަށް އުފުލި ދައުވާއެކެވެ. މަހްޒޫމްގެ ފަރާތުން ބުނެފައިވަނީ އެމްވީކްރައިސިސް އަކީ އަޝްރަފް ހިންގާ ޕޭޖެއް ކަމަށާއި، އެ ޕޭޖުން ކުރި ޕޯސްޓެއްގެ ސަބަބުން އޭނާގެ އަގުވެއްޓިފައިވާ ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި ގާޒީ އަހްމަދު އަބްދުލްމަތީން އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އެމްވީކްރައިސިސް ޕޭޖަކީ ސީދާ އަހްމަދު އަޝްރަފް ހިންގާ ޕޭޖެއްކަން މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމަށް ދައުވާކުރާ ފަރާތުން ހުށަހެޅި ހެކިތައް ކާފީ ނޫން ކަމަށެވެ. އަދި އަޝްރަފްގެ މީސްމީޑިއާ ހޭންޑްލް އެއް ކަމަށް ބުނާ "ShumbaGong" އެކައުންޓަކީވެސް އޭނާއާ ގުޅުން އޮތް އެކައުންޓެއްކަން ސާބިތުކުރުމަށް ހުށަހެޅި ކަންކަމަކީ ގާނޫނީ މިންގަނޑަށް ބަލާއިރު ބަލިކަށި ހެކިތަކެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އަހްމަދު އަޝްރަފްގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމުގައި އިއްވާފައި ވަނީ، އެމްވީކްރައިސިސް ހިންގަނީ އަޝްރަފްކަން ސާބިތުނުވާތީ، މަހްޒޫމްގެ އަބުރާ ބެހުމުގެ އަމަލެއް އަޝްރަފް ކުރިކަން މި މައްސަލައިގައި ސާބިތުނުވާ ކަމަށެވެ. އެހެންކަމުން، އަބުރުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ހިތުގެ ބަލިތަކުގެ އަސްލަކީ ހަމައެކަނި ކޮލެސްޓްރޯލްއެއް ނޫން!
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
މަރުވި ފުލުސް މީހާގެ އަގުވަޒަން ކުރުމަށް މަގާމުގެ ކުރިއެރުން ދީފި
