ސްކޫލް ކޫލް ޕްރޮގްރާމުގެ ދަށުން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އޭސީތަކެއް ބެހެއްޓިތާ ހަ މަސް ފާއިތުވެގެން ދިޔައިރުވެސް، ކަރަންޓު ނުދީ ހުރުމުގެ ސަބަބުން ދަރިވަރުންނަށް އޭގެ މަންފާ ނުކުރާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާތްގަނޑަކަށް 650 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ މި ސްކޫލުގައި މި އަހަރުގެ ޖެނުއަރީ މަހު ބެހެއްޓި އޭސީތަކަށް އަދިވެސް ކަރަންޓު ގުޅައިފައެއް ނުވެ އެވެ. ބައެއް ކްލާސްރޫމްތަކުގައި އޭސީގެ އިންޑޯ ޔުނިޓުތައް ހަރުކޮށްފައި ހުރި ނަމަވެސް، އައުޓްޑޯ ޔުނިޓުތައް ހަރުނުކޮށް ބްރެކެޓްތަކާއެކު ބަހައްޓާފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިކަމާ ގުޅިގެން ބެލެނިވެރިން ފާހަގަކުރާ ގޮތުގައި، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އޭސީތައް ގެނައި ނަމަވެސް ދަރިވަރުން ތިބެން ޖެހެނީ ހޫނުގަ އެވެ.
އެ ސްކޫލްގެ ބެލެނިވެރިޔަކު "ހުރިހާ"އަށް ކިޔައިދިންގޮތުގައި ކަރަންޓު ނުދެވޭ މައްސަލައިގައި ސްކޫލުން ބުނަނީ އެއީ ފެނަކަ ކޯޕަރޭޝަންގެ މައްސަލައެއް ކަމަށެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ބުނަނީ ކަރަންޓް ނުދެވެނީ ސްކޫލާ ހެދި ކަމަށް ބެލެނިވެރިން ބުންޏެވެ.
"ދެން މީގަ ނޭނގެ ބުނާނެ އެއްޗެއް. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި މި އަޅުވަނީ. މިހާރު ހަ މަސް މިވީ،" ބެލެނިވެރިޔަކު ކިޔައިދިނެވެ.
ބެލެނިވެރިން ބުނީ ކަމާބެހޭ ފަރާތްތަކަށް މިކަން ނުކުރެވޭނަމަ، އަމިއްލަ ހަރަދުގައި ވެސް މި މައްސަލަ ހައްލުކުރަން ތައްޔާރަށް ތިބި ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް ފިނިކުރުމަށް ސަރުކާރުން ފަށާފައިވާ ކޫލް ސްކޫލް މަޝްރޫއުގެ ދަށުން އޭސީ ސަޕްލައިކުރުމަށް 58.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެސްޓާސްއާއެވެ. އަދި އޭސީތައް ހޯދައި ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. މި މަޝްރޫއުގެ ދަށުން 3700 އަށްވުރެ ގިނަ ކްލާސްރޫމް އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު، ކަރަންޓަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން 30 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
ބައްސާމްގެ އެޕާޓްމެންޓުތަކާ ގުޅޭ މުއާމަލާތްތައް ކުރުން މަނާކޮށްފި
