މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ކިބައިން، ރައީސް މުހައްމަދު މުއިއްޒު މާފަށް އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހާމަކުރައްވައިފި އެވެ.
ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް މުއިއްޒު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ކުރިއަށް ދާނެ ގޮތުގެ އިރުޝާދު ދެއްވި ކަމަށެވެ. އަދި އެ ހުރިހާ މެންބަރުންގެ ކުރިމަތީގައި، އަސްމާ ރަޝީދާ މެދު ކަންތައް ހިނގައިދިޔަ ގޮތުން ރައީސް މާފަށް އެދިވަޑައިގެންނެވި ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަސްމާއްތައާ މެދު އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ހިތްހަމަޖެހުންތަކެއް ހިނގި. އެކަމަކު ނިކަން ވިސްނާބައްލަވާ، އެ ދުވަހު ޕާލިމެންޓްރީ ގްރޫޕުގެ އެންމެންގެ ކުރިމަތީގައި އެ މަނިކުފާނު އަސްމާއްތަގެ ކިބައިން މާފަށް އެދިވަޑައިގަތީއޭ،" ސަލީމް ވިދާޅުވި އެވެ.
މި މައްސަލަ ފެންމަތިވީ، މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރަށް ފާޑުވިދާޅުވެ އަސްމާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ. އެ އޯޑިއޯ ލީކުވުމަށްފަހު، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި އަސްމާގެ އާއިލީ ދެ ބޭފުޅަކު މަގާމުން ވަކިކުރި އެވެ.
އެގޮތުން، އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ އަސްމާގެ ކޮއްކޮ ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، ފަހުން ވަނީ އަލުން އެ ވަޒީފާ އިއާދަކޮށްދީފަ އެވެ. އަދި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުން އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަކިކުރުމަށްފަހު، ފަހުން އޭނާ ވަނީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
ސަލީމް ވަނީ ރައީސްގެ މި އަމަލަކީ ވަރަށް ހުލްގު ހެޔޮ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަށާއި، ރައީސަށް އިހުލާސްތެރިވުމަށް އޭނާ ޕާޓީގެ މެންބަރުންނަށް ގޮވާލެއްވި އެވެ.
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!
ނަޝީދަށް މަރުހަބާ ކިޔަން ދިޔަ ހަތް މުވައްޒަފަކު ސަސްޕެންޑްކޮށްފި
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި