ސިއްހީ ހާލަތު ތަންނުދޭތީ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ސަރުކާރާއި ޕީއެންސީގެ ފިކުރާއެކު ސާބިތުވެ ހުންނެވި ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން މަސްއޫލިޔަތުތައް ފުރިހަމައަށް އަދާކުރެއްވުމަށް ދަތިވުމުގެ ސަބަބުން ކަމަށެވެ.
ދުނިޔޭގެ އިގުތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ދުވަސްވަރެއްގައި، ސިއްހީ ސަބަބުތަކާ ހުރެ އޮފީހަށް ވަޑައިނުގެން ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. މަގާމުން ދުރުވި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒާއި ވެރިކަން ކުރާ ޕާޓީގެ ފިކުރާއެކު ސާބިތުވެ ހުންނަވާނެ ކަމަށާއި، ރައީސް ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ޒަމީރު ދެއްވި އެވެ.
"އަޅުގަނޑު މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކުގައި. އެމަނިކުފާނު އަޅުގަނޑާ ހަވާލު ކުރައްވާ މަސައްކަތް ކުރަން މި ޕާޓީ އާއި މި ފިކުރު ކުރިއެރުވުމަށްޓަކައި،" ޒަމީރު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގައި އެންމެ ފުރަތަމަ ޒަމީރު އަދާކުރެއްވީ ފޮރިން މިނިސްޓަރުގެ މަގާމެވެ.
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި
އަމީނީ މަގުގައި އަލުން ތާރުއަޅަން ފެށޭނެ ދުވަހެއް ނޭނގޭ
ޑުއާ ލިޕާގެ އަގުބޮޑު ކައިވެންޏާއެކު ސިސިލީގައި ބޮޑު މުޒާހަރާއެއް!
