އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، މަޝްވަރާތަކުގައި އިންސާފުން ބޭރުން ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރަމުން ކަމަށް އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އެޑްވައިޒަރު މުހުސިން ރިޒާއީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ. މިއީ ޓްރަމްޕް ޑިޕްލޮމެސީގެ އުސޫލުތަކަށް ތިންވަނަ ފަހަރަށް ހިޔާނާތްތެރިވުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މީގެ އިތުރުން، އީރާނާއެކު ވެވޭ ކޮންމެ ސުލްހައިގެ އެއްބަސްވުމެއް ވެސް އޮންނަންވާނީ އޭނާ ކަނޑައަޅާފައިވާ ރަތް ރޮނގުގެ ތެރޭގައި ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެމެރިކާއިން ވަނީ އީރާނާއެކު އަލުން ހަނގުރާމައެއް ފެށުމުގެ ފުރިހަމަ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމުގެ އިންޒާރު ދީފަ އެވެ. ޓްރަމްޕް ކަނޑައަޅުއްވާފައިވާ މައިގަނޑު އެއް ޝަރުތަކީ ތެހެރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު އުފައްދައިގެން ނުވާނެ ކަމަށް ބުނާ ބުނުމެވެ.
ހަފުތާތަކެއްގެ މުއްދަތަށް ދިގުދެމިގެންދިޔަ ނުތަނަވަސް މަޝްވަރާތަކަށްފަހު، ކުރިމަތިވެފައިވާ މައްސަލަތަކުގައި ފުރަތަމަ މަރުހަލާގެ ނިންމުމަކަށް އައުމާ ގާތްވެފައިވާ ކަމަށް ވައިޓް ހައުސްއިން ވަނީ އިޝާރާތްކޮށްފަ އެވެ. ނަމަވެސް، މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކުރަމުންދާ މެދުއިރުމަތީގެ މި ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށްޓަކައި އެންމެ ފަހުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ބުނުން ތެހެރާނުން ވަނީ ދޮގުކޮށްފަ އެވެ.
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް
މެޑޮކްސް ވެސް ނަމުން ބައްޕަގެ ނަން އުނި ކުރަނީ!