ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޭން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 11 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން ބޮޑު އީދާ ގުޅިގެން މި މަހުގެ 26 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާތީ ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ އޮފީސްތަކުން މި މަހުގެ މުސާރައިގެ އިތުރުން ދޭ ބަދަލުވާ އިނާޔަތްތަކާއި، ގަޑި ލާރި ހިސާބުކުރުމުގެ މުއްދަތަކަށް އޭޕްރީލް 16 އިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރަން ވަނީ އަންގައިފަ އެވެ.
ހަމައެއާއެކު ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ 'އެކައުންޓްސް ޕޭޔަބަލް މޮޑިއުލް' ބޭނުންކުރާ އޮފީސްތަކުން މުސާރަ ވައުޗަރުތައް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ 2:00ގެ ކުރިން ސިސްޓަމްގައި ޕޯސްޓުކުރަން ވެސް އެންގި އެވެ. އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ 'އެޗްއާރް މޮޑިއުލް' ބޭނުންކުރާ އޮފީސްތަކަށް މުސާރަ ޕޯސްޓުކުރުމަށްޓަކައި، ހަމަ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ.
އީދު ބަންދުގެ ކުރިން މުސާރަ ނުލިބި ދަތިތަކާ ކުރިމަތިލާންޖެހިފައި ވާތީ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި މަހުގެ 28 އާއި 31 ވަނަ ދުވަހު މި މަހުގެ މުސާރަ ދޭން ކަނޑައެޅީ ބޮޑު އީދުގެ ބަންދާއި މި ދުވަސްވަރު ބޭންކުތައް ހުޅުފާއި ހުންނާނެ ދުވަހަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
އަޟްހާ އީދު ބަންދާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި މި ބަންދުތެރޭގައި ބޭންކުތައް ހުޅުވަން ކަނޑައަޅާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެކަންޏެވެ.
އެހެންކަމުން ބުރާސްފަތި އާއި އާދިއްތަ ދުވަހު މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާއަށް
