ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކޮށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް މިއަދު ހުކުމް އިއްވަން ތާވަލް ކުރުމަށްފަހު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ދައުލަތުން ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އެ މައްސަލާގެ ހުކުމް މިއަދު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސުމަށްފަހު އެހެން ދުވަހަކަށް ހުކުމް އިއްވުން ފަސްކުރީ ޝަމްއާންގެ ވަކީލް ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި ޝަމްއާން ކުރިން ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
ހޯމް މިނިސްޓަރު ހައްޔަތުކޮށް ތަހުގީގު ކުރަންޖެހޭ: ޒަރިޔަންދު
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
