މިދިޔަ އޭޕްރިލް މަހު ސަރުކާރުގެ ހަ މިނިސްޓްރީއެއް އުވާލިފަހުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން ގެއްލިއްޖެ އެވެ.
މި ސަރުކާރުން މިގޮތަށް އަމަލުކުރި ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެސް އެ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ފެންނަން ހުރެ އެވެ. އެގޮތުން ކޮންމެ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުންގެ ފޮޓޯއާއެކު ވަކި ކޮލަމެއްގެ ގޮތުގައި ފެންނަން ހުރެ އެވެ.
މިހާރު އެ ކޮލަމްތައް ވެސް ވަނީ ވެބްސައިޓުން ގެއްލިފަ އެވެ.
މި ސަރުކާރުން މިބަދަލު ގެނެއީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރަށް ފޮރުވުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.
މިފަހަރު އުވާލި މިނިސްޓްރީތަކުގައި ތިބި ގިނަ ސިޔާސީ މުވައްޒަފުން ވެސް ވަނީ އެކިއެކި މިނިސްޓްރީތަކަށް ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީތައް އުވާލި ނަމަވެސް ސަރުކާރުން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދެއް މަދެއް ނުވެ އެވެ.
ނޫސްވެރިންނަށް އެކަނި ދައުވާކުރުމުން ސުވާލު އުފައްދައިފި
ހައްޖު 2026: މައްކާގެ ހޫނުމިން 47 ޑިގްރީގައި!
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
