އަޟްހާ އީދުގެ ބަންދަށް އިތުރު ދުވަސްތަކެއް ދިނުމުގެ ގޮތުން، މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިގޮތަށް ހަމަޖެއްސެވީ އީދު ބަންދުގައި މުވައްޒަފުންނަށް އާއިލާއާއެކު ގިނަ ދުވަސް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި މެދުނުކެނޑި ގިނަ ދުވަސްތަކަކަށް ބަންދު ލިބޭނެ ގޮތް ހެއްދެވުމަކީ ވެސް ރައީސްގެ މަގުސަދެއް ކަމަށް އެ އޮފީހުން ބުންޏެވެ.
މި ނިންމުމާއެކު، ހައްޖު ދުވަހާއި އީދު ދުވަހުގެ ބަންދާއެކު މިފަހަރުގެ ބޮޑު ޢީދު ބަންދަށް ޖުމްލަ ހަތް ދުވަސް ލިބޭނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވަނަ ދުވަހަކީ ހައްޖު ދުވަސް ކަމަށްވާއިރު، 27 ވަނަ ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ.
"މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވާކަމުގެ ހެއްކެއް"
ހޯމް މިނިސްޓަރުގެ ނައިބު އަމާނީ ކޯޓު އަމުރާ ހިލާފުވެއްޖެ