ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ގަޑިއިރެއް ވަންދެން މަސައްކަތް ކުރުމަށްފަހުވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވި މާދަމާއަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައި ޖަލްސާ ފަށަންޖެހޭއިރު، މިއަދު ކޯރަމް ރަނގަބީލަށް ފަހު ވެސް މެންބަރުން ހަމަނުވުމުން 9:10 ވީއިރުވެސް ޖަލްސާ ފެށޭގޮތް ވަނީ ނުވެފަ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކޯރަމް ހަމަވޭތޯ ބެލުމަށް ހެނދުނު 10:00 އާ ހަމައަށް ފުރުސަތު ދެއްވި ކަމަށެވެ. ނަމަވެސް، އެ ވަގުތު ޖެހުނުއިރު ވެސް ޖަލްސާ ކުރިއަށް ގެންދެވޭ މިންވަރަށް މެންބަރުން ހާޒިރުވެފައި ނުވާތީ، މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށް އޭނާ އިއުލާނު ކުރެއްވި އެވެ.
ޖަލްސާ މާދަމާއަށް ފަސްކުރިކަން އިއުލާނުކުރެއްވި ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ ރިޔާސަތުގައި އިންނެވި ނާޒިމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އެންމެ ހަ މެންބަރުންނެވެ. މަޖިލީހުގެ އަގުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީއެންސީގެ އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
ހަމައެއާއެކު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މިއަދު ހެނދުނު ވަނީ ނާޒިމް ބޭރު ވެސް ކޮށްލައިފައެވެ. އެ ގްރޫޕްގައި ތިއްބަވަނީ ރައީސް މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުންނެވެ.
ގަސްގަހާގެހީގެ ކާނާއިން ހަނދާން ނެތޭ ބަލީގެ ނުރައްކާ ކުޑަވޭ!
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް
ދުޅަހެޔޮ ސިއްހަތަކަށް "ވަރުގަދަ" ކަސްރަތުތައް މުހިއްމު!