ރައީސް އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހާއި އަދަދު ނޫހުގެ ނޫސްވެރިންނަށް ބައިވެރިނުވެވޭނެ ކަމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.
ރައީސް އޮފީހުގެ މީޑިއާގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި އަދަދުއަށް ހުއްދަ ނުދޭން ނިންމިނިންމުން ގުޅުވާފައި ވަނީ އެ ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ބަލަމުންދާ މައްސަލަތަކާއި އޭގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އެ ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު ނެރުނު އަމުރެވެ. ދިވެހި ހުރިހާ ރައްޔިތުން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ނެރުނު އަމުރެކެވެ.
އެ އޮފީހުން ބުނީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލު އެ އަމުރާ ހިލާފު ކަމަށެވެ.
ރައީސް އޮފީހުން އަދަދު ނޫހާއި ނޫސްވެރިން މަނާކުރީ "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން އެ އޮފީހަށް ލިބޭ އިހުތިޔާރުގެ ދަށުން ކަމަށެވެ.
އަދަދު ނޫހުގެ ނޫސްވެރިންނަށް އެ ފުރުސަތު ނުދޭން ނިންމީ މައްސަލަ ނިމެންދެނެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
