ބައިނަލްއަގުވާމީ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަށް "ގްލޯބަލް ވެންގާޑް" އެވޯޑް ލިބިއްޖެ އެވެ.
މި ޝަރަފުވެރި އެވޯޑް ޕްރިޔަންކާ އަށް ލިބުނީ އޭޝިއާ އަދި ޕެސިފިކް އައިލެންޑާސްގެ ފަންނާނުންގެ އަގު ވަޒަންކުރުމަށް ބޭއްވި "ގޯލްޑް ހައުސް ގާލާ 2026" ގަ އެވެ. މި ހަފްލާ އޮތީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.
މި ހަފްލާގައި ޕްރިޔަންކާ ފެނިގެންދިޔައީ އިންޑިއާގެ ސަގާފީ ފެޝަނާއި ޒަމާނީ ފެޝަން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ "ހެރިޓޭޖް ކޯޗާ" ހެދުމެއްގަ އެވެ. ރީތި ފަރުމާއަކަށް ތައްޔާރުކޮށްފައިވާ މި ހެދުމުގައި ނަގާފައިވާ ޕްރިޔަންކާގެ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
އެވޯޑާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ޕްރިޔަންކާ ވަނީ، ބައިނަލްއަގުވާމީ މައިދާނުގައި އޭޝިއާގެ ފަންނާނުންނަށް ލިބެމުންދާ ފުރުސަތުތަކާ މެދު އުފާކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ މި ކާމިޔާބީގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރި އެވެ.
ޕްރިޔަންކާއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މިހާރު އެންމެ ނުފޫޒުގަދަ އެއް ތަރި އެވެ. އޭނާ ދަނީ އެކްޓުކުރުމުގެ އިތުރުން ފިލްމު އުފެއްދުމުގެ ދާއިރާގައި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
"ގޯލްޑް ހައުސް" އަކީ އޭޝިއާގެ ދަރިކޮޅުގެ މީހުން ދުނިޔޭގެ އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެމީހުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާ އެކެވެ.
މި އަހަރުގެ ހަފްލާގައި ޕްރިޔަންކާގެ އިތުރުން އެހެން ބައެއް މަޝްހޫރު ފަންނާނުންގެ އަގު ވެސް ވަނީ ވަޒަންކޮށްފަ އެވެ.
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!
ދަރިން ބޮޑުވަމުން އަންނަ ވަރަކަށް ނިދި ބޭނުންވާ މިންވަރު ތަފާތުވޭ