ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ވަރަށް ބޮޑަށް ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.
އަލިފާން ރޯވީ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް އެމްޕެރޯ އެކްސްޕްލޯރާ ސަފާރީގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ހަވީރު 4:55 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފަ އެވެ.
މިހާތަނަށް ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައެއްނުވެ އެވެ. އަދި އެ އުޅަނދު ބޭނުންނުކުރެވޭ ވަރަށް މިހާރުވެސް އަނދާފައިވާ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އީ- ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި
ދުނިޔޭގެ އެންމެ ބޮޑު މެރަތަން ހުޅުމާލޭގައި ބާއްވަނީ
ހަންޓާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ: އެޗްޕީއޭ
