ބޮލީވުޑްގެ އެންމެ ބުރަކޮށް އުޅޭ އެއް ތަރި ކަމަށްވާ އަކްޝޭ ކުމާރު، އޭނާގެ ލޮލުގެ ފެނުން ރަނގަޅު ކުރުމަށްޓަކައިކުޑަ އޮޕަރޭޝަނެއް ކޮށްފި އެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔައީ 6 މެއި 2026 ވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މުމްބާއީގަ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި، އަކްޝޭ މި އޮޕަރޭޝަން ކުރީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކެރަލަމް" ގެ ކެރެލާ ޝެޑިއުލް އެއްކޮށް ނިންމާލުމަށްފަހު އެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭއާއެކު ވިދްޔާ ބާލަން އަދި ރާޝީ ކަންނާ ފެނިގެންދާނެ އެވެ.
އުމުރުން 58 އަހަރުގެ އަކްޝޭ އަކީ އަބަދުވެސް އޭނާގެ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅޭ ތަރި އެކެވެ. ނަމަވެސް، މި އޮޕަރޭޝަނަށްފަހު އަރާމުކުރުމަށްޓަކައި އޭނާ މިހާރު ވަނީ މަސައްކަތްތަކުން ކުޑަ ބްރޭކެއް ނަގާފަ އެވެ.
މި އަހަރަކީ އަކްޝޭއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ ފިލްމު "ބޫތު ބަންގްލާ" އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކުރިއަށްވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި ވެލްކަމް ޓު ދަ ޖަންގަލް، ހައިވާން، ގޯލްމާލް 5 އަދި މަރާޓީ ފިލްމެއް ކަމަށްވާ "ވޭދާތު މަރާތޭ ވީރު ދައުދުލޭ ސާތު" ހިމެނެ އެވެ.
އަކްޝޭގެ ސިއްހީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ބްރޭކަށްފަހު އޭނާ އަލުން އެނބުރި ފިލްމީ މަސައްކަތްތަކަށް ނިކުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކު ކޮށްލާ އެއްޗެއްތަ؟
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 26 ބާވަތް ނުލިބޭ!
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު