ދުނިޔޭގެ ފެޝަން ކަލަންޑަރުގައި އެންމެ އިންތިޒާރުކުރެވޭ އެއް ހަރަކާތް ކަމަށްވާ "މެޓް ގާލާ" އަކީ ކޮންމެ އަހަރަކުވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ ތަފާތު އަދި ފާހަގަކޮށްލެވޭ ފެނިލުންތަކެއް ފެނިގެންދާ ހަރަކާތެކެވެ.
އެހެން ނަމަވެސް، 2026 ވަނަ އަހަރުގެ މެޓް ގާލާއިން ޕްރިޔަންކާ ނުފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި، މި އަހަރުގެ މެޓް ގާލާގައި ޕްރިޔަންކާއަށް ބައިވެރިނުވެވެނީ އޭނާގެ މަސައްކަތުގެ ތާވަލު ހުރިގޮތުންނެވެ. ޕްރިޔަންކާ މިވަގުތު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވަރަނާސީ"ގެ މަސައްކަތްތަކުގަ އެވެ.
އެސް.އެސް ރާޖަމޯލީ ޑައިރެކްޓްކުރާ މި ބޮޑު ފިލްމުގެ ޝޫޓިންގ މިވަގުތު ކުރިއަށްދަނީ އެންޓާކްޓިކާގައެވެ. މިއީ އިންޑިއާގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މެޓް ގާލާގައި ބައިވެރިނުވި ނަމަވެސް، މި މަހުގެ ތެރޭގައި ޕްރިޔަންކާ އެހެން މުހިންމު ހަރަކާތަކުން ފެންނާނެ އެވެ. އެއީ ލޮސް އެންޖެލިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ގޯލްޑް ހައުސް ގޯލްޑް ގާލާ" އެވެ. މި ހަފްލާގައި ޕްރިޔަންކާއަށް "ގްލޯބަލް ވެންގާޑް އެވޯޑް" އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެވޯޑަކީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާއިން އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި، ދެކުނު އޭޝިއާގެ ފަންނާނުން ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެކެވެ.
2017 ވަނަ އަހަރުން ފެށިގެން މެޓް ގާލާގެ ރެޑް ކާޕެޓުން ގަވާއިދުން ފެންނަމުންދިޔަ ޕްރިޔަންކާ މިފަހަރު ނުފެންނާތީ، އޭނާގެ ފޭނުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ޚާއްޞަކޮށް މި އަހަރުގެ މެޓް ގާލާގެ ތީމް ކަމަށްވާ "Fashion is Art" އަށް ޕްރިޔަންކާ ތައްޔާރުކުރާނީ ކޮންކަހަލަ ހެދުމެއްތޯ ބަލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ، ބައެއް ފަހަރު ބައިވެރިވުމުގެ ބަދަލުގައި ބަލަން ހުރުމަކީވެސް ވަރަށް މަޖާ ކަމެއް ކަމަށެވެ. މީގެ މާނައަކީ އޭނާ މިފަހަރު މެޓް ގާލާގެ ހަރަކާތްތައް ބަލާނީ ދުރުގައި ހުރެގެން ކަމެވެ.
އެންސްޕާގެ ސީއީއޯ ކަމަށް ސްޓޭޓް މިނިސްޓަރު ޝިރުނާ
ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ވަހީދު ހަމަޖައްސައިފި
ކޯޓަށް މައްސަލަ ވެއްދީ މި ޓީމަކުން ނޫން: ނަޝީދުގެ ތަރުޖަމާނު