އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމްގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން އަތޮޅުތެރެއަށް ކުރާ ކެމްޕެއިން ދަތުރުތައް މިއަދު ފަށަން ނިންމައިފި އެވެ.
މީކާއިލްގެ ކެމްޕޭން ޓީމުން ބުނީ މި ދަތުރުތަކުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު މީކާއީލް އަދި ކެމްޕެއިން ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ އއ. އަތޮޅަށް ކަމަށެވެ. އަދި މި ދަތުރުގައި އެ އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކެމްޕޭން ޓީމުން ބުނެ އެވެ. އެއީ މަތިވެރި އާއި ބޮޑުފޮޅުދޫ އަދި ތޮއްޑޫ އެވެ.
މީކާއިލްގެ ކެމްޕޭން ޓީމުން ބުނީ މި ދަތުރުގެ މައިގަނޑު މަގުސަދަކީ ޕާޓީގެ އާންމު މެންބަރުންނާ ގާތުން ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތަކާއި ޕާޓީގެ ކުރިމަގާމެދު ހުރި އުންމީދުތައް އަޑުއެހުން ކަމަށެވެ. އެގޮތުން، ޒިޔާރަތްކުރާ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ "އިތުބާރު" ކެމްޕެއިން ޓީމުތަކާއި އެމްޑީޕީގެ އާންމު މެންބަރުންނާ ޚާއްސަ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޓީމުން ބުނެ އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނާ ގާތުން ބައްދަލުކުރުމަށް ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދާނެ ކަމަށް މީކާއީލްގެ ކެމްޕޭން ޓީމުން ބުންޏެވެ.
މީކާއީލްގެ އަމާޒަކީ އާންމު މެންބަރުންނާ ގާތަށް ގޮސް، ޕާޓީގެ ނިޒާމާމެދު ގެއްލިފައިވާ "އިތުބާރު" އަލުން ހޯދައިދިނުން ކަމަށް އޭނާގެ ކެމްޕޭން ޓީމުން ބުންޏެވެ. އއ. އަތޮޅަށް ފަހު ރާއްޖޭގެ އެހެން އަތޮޅުތަކަށް ވެސް ސިލްސިލާކޮށް ކެމްޕެއިން ދަތުރުތައް ކުރުމަށް އިތުބާރު ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
ކޯހީނޫރު އަލިމަސް އަަނބުރާ ދޭން މަމްދާނީ ޗާލްސްއަށް ގޮވާލައިފި
ވޯލްޑް ކަޕް ޓީމުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި
