ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ޕްރެސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އެންގުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އަންގާފައިނުވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިޔުމެންޓްރީއާ ގުޅޭގޮތުން އަދަދު ނޫހުން ސުވާލުކުރުމުން ރައީސް މުއިއްޒު ވަނީ އެ މައްސަލައިގައި ދައުވާކުރަން ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
އެ ޑޮކިޔުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވާފަ އެވެ.
މިއަދު ޓީވީއެމްގެ ސްޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ވަނީ ތަރުޖަމާނާ ސުވާލު ކުރިމަތިކޮށްފަ އެވެ.
ތަފްސީލު - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ގާނޫނުތަކުގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމުގެ ބާރު ޕީޖީއަށް އޮންނަ ކަމަށެވެ. އެގޮތުގެ މަތިން އެއީ ޕީޖީ އޮފީހުގެ އެނގުމަށް ކުރާ ތަހުގީގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަންއަކީ، ރައީސް އަންގަވައިގެން ކުރާ ކަމެއް ނޫން. [އެއީ] ސަރުކާރުން އަންގައިގެން ކުރާ ކަމެއް ނޫން،" މުންދު ވިދާޅުވި އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮންޓްރޯލް ކޮމިޝަން)އިން ވެސް ބަލަމުންދާ ކަމަށެވެ.
"އެއީ، ގަޒުފުގެ އިޝޫއެއް މިއުޅެނީ. ރާއްޖޭގެ ގާނޫނުއަސާސީން ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް ފުރިހަމަ އިހްތިޔާރުތަކެއް އެބަ އޮވޭ އެއީ ނޫސްވެރިކަމަކީ އަސާސީ ހައްގެއް. ނަމަވެސް އެ ހައްގުތައް އޮންނަނީ. އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން އަސާސްތަކުގެ ތެރެއިންނޭ އެކަން ކުރަންވަނީ. އެހެންވީމާ އެ އިންފާރު ހުރަސްކުރެވިފައޭ މި އޮތީ އެއީ [ފުލުހުން] އެ ކުރާ އިންވެސްޓިގޭޝަންއަކީ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އޭނާގެ ޖަވާބުގައި ގަޒުފްގެ މައްސަލައެއް ކަމަށް ވިދާޅުވުމުން، އެއީ ރައީސް ކުރައްވާ ތުހުމަތެއްތޯ އާއި އެ ތުހުމަތުކުރައްވަނީ ކޮން ބޭސިސްއަކުންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "ރައީސް ތުހުމަތެއް ނުކުރައްވާ" ކަމަށެވެ.
"ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ފުލުހުންނަށް ތަހުގީގު ކުރުމަށް އެދި ހުށަހަޅާފައި އޮތް އޮތުމާ އަދި ބްރޯޑްކާސްޓިން ކޮމިޝަނުން އެބޭފުޅުންގެ ކޮންޓެންޓާ ގުޅޭ ގޮތުން އެއީ އެ ކޮމިޝަނުން ބަލާނީ ކޮންޓެންޓާ ގުޅޭ މައްސަލަ،"
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
މުޒާހަރާގައި ބޭނުންކުރި އެލް ސޯފާ ނީލަމުގައި ވިއްކާލަނީ
