އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހުރަސްތަކުން ސަލާމަތްވުމަށްޓަކައި، ޕާކިސްތާނާއި، ޗައިނާ އަދި ރަޝިއާއާ ގުޅިގެން އީރާނުން އާ ވިޔަފާރި ކޮރިޑޯތަކެއް ހުޅުވައިފިކަން އެ ގައުމުން އިއުލާންކޮށްފި އެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ތެލުގެ ރިޒާވް ހުސްވަމުންދާކަމަށް ވިދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އައި ނިންމުމެކެވެ.
އީރާނުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުން މިހާރު ވަނީ އެމެރިކާގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ފޫއަޅުވާލައި ބައިނަލްއަގުވާމީ ވިޔަފާރި ކުރިއަށް ގެންދެވޭނެ ގިނަ މަގުތަކެއް ހުޅުވާފަ އެވެ. މި އާ މަގުތަކުގެ އެހީގައި މިހާރުވެސް 4،000 އަށްވުރެ ގިނަ ކޮންޓެއިނަރު ދަތުރުކުރަމުންދާ ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިއަދު ހެނދުނު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ "އީރާނުގައި ބާކީ އޮތީ ތިން ދުވަހުގެ ތެޔޮ" ކަމަށެވެ. ނަމަވެސް އީރާނުން ވަނީ މި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފަ އެވެ.
އީރާނުން ބުނި ގޮތުގައި ޕާކިސްތާނާއި، ޗައިނާ އަދި ރަޝިއާއާ ގުޅިގެން އެ ގައުމުން ވަނީ އެމެރިކާގެ ރޭވުންތައް ނާކާމިޔާބުކޮށްލާފަ އެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމު ހުއްޓުވުމަށް އެއްވެސް ފަރާތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. މި އާ ވިޔަފާރި މަގުތަކަކީ އީރާނުގެ އިގްތިސާދު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ގައުމުން ސިފަކުރެއެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އެމްޓީސީސީގެ ޑީއެމްޑީ ކަމުން ޝަރީފް ވަކިކޮށްފި
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުހަށް ހާޒިރުކުރުމުން ހުރީ ހަނު!
އުމުރަށް ޖަލަށް ލިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު