ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު މިއަދު ހުކުމްކޮށްފި އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ ޝަރީއަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބޭނުންކޮށްގެން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްފަހު ހުއްޓުވުމަށްފަހު މިމަހުގެ އަލުން ފެށީ މި ސަރުކާރުން އައްޔަންކުރި ފަނޑިޔާރުންގެ ބެންޗަކާ އެކު އެވެ.
މައްސަލަ ހުށަހެޅިތާ ދޮޅު އަހަރު ފަހުން އެ މައްސަލާގައި މިއަދު އިއްވި ހުކުމުގައި ވަނީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މިހާރު ހިނގާ 20 ވަނަ މަޖިލީހުގެ މެމްބަރުން ވެސް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވި ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ އެ އިސްލާހު ބާތިލްކުރަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އަދި އޭގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ މި ސަރުކާރުން އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ އެ ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ކުއްލިއަކަށް ފޮނުވި ސިޓީއަކާ ގުޅުވައިގެންނެވެ. ނަމަވެސް އޭސީސީން މިހާތަނަށް ވެސް އެ މައްސަލައެއް ނުބަލާއިރު, އެ ބޭފުޅުންނާ އެކަމާ ގުޅިގެން ސުވާލެއް ވެސް ނުކުރެ އެވެ.
12 ގަޑިއިރު ތެރޭގައި އެއް އާއިލާގެ 4 މީހުން މަރުވެއްޖެ
ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން ހުއްޓާލަން އަންގައިފި

ސަރުކާރުން އުއްތަމަފަނޑިޔާރާއެކު ހެދި ޑީލް ހަގީގަތަކަށްވެއްޖެ. ޗީފް ޖުޑީޝަލް މުސްތަފާ ބޭރުކުރުން. ހިޔާ ފްލެޓް އުޅޭ ޣަނީ ރެހެންދި ފްލެޓަށް ބަދަލުކުރުން. ސަޅި ޑީލެއް ޣަނީ
ރިޕްލައި