ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެ މޫސުން ބެދޭ ވިއްސާރަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީޑިއާ ކުށްވެރިނުކޮށް، އަމަލުތައް އިސްލާހު ކުރޭ: ޔާމީން
އަދަދު ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި