ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ 'އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ ތަހުގީގަށް ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފި އެވެ.
އަދަދު ނޫހުން އެ ޑޮކިޔުމެންޓްރީ އާންމުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އެނގިފައިވާގޮތުގައި ފުލުހުން މިއަދު ވަނީ އީޝާ ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް ޕާސްޕޯޓް ހިފެހެއްޓި ކަމުގެ ކޯޓު އަމުރު ހަވާލުކޮށްފަ އެވެ.
އީޝާ ވަނީ ރައީސް އޮފީހާއި ދެ މިނިސްޓްރީގައި ސިޔާސީ މަގާމެއް އަދާކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތެވެ. އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
މި މައްސަލާގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި އެ ނޫހުގެ އިލެކްޓްރޯނިކް ސާމާނުތައް ގެންގޮސްފަ އެވެ.
ކާޖަލް އާއި ދަރިފުޅު ނީސާގެ މެދުގައި 3 އަހަރުގެ ދެބަސްވުން
އީރާނުގެ ހުށަހެޅުންތަކާ މެދު ޓްރަމްޕް ހިތްހަމަނުޖެހިއްޖެ
ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި
