ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް "ބޮޑު ބަދަލު" ތަކަކާއެކު ކުރިމަތިލައިފިނަމަ، 2023 ވަނަ އަހަރުގެ ނަތީޖާ ތަކުރާރުވެ އިންތިޚާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އިންޒާރު ދެއްވައިފި އެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ތެރޭގައި އިއްޔެ ކަންކަން ހިނގައިދިޔަ ގޮތުން ހިތުޖެހިފައި ތިބި ގިނަ އަދަދެއްގެ މެމްބަރުން އެބަތިއްބެވެ.
ރާއްޖޭގެ ސިޔާސީ އާދަކާދައަށް ބަލާއިރު، ކުރިން ހިތުގައި ޖެއްސި މީހުންގެ ފަރާތުން ބަދަލުހިފުމުގެ ރޫހެއް އޮންނަކަން ފާހަގަކުރައްވައި، ޝަމްހީދު ވިދާޅުވީ 2023 ގެ ނާކާމިޔާބީން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ ލީޑަރުން އެކީގައި މަސައްކަތް ކޮށްގެން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ޝަމްހީދު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެމްޑީޕީން ވަނީ މިހާރުގެ ސަރުކާރު ހަމަބިމަށް ތިރިކޮށް، ސިޔާސީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިކަމަށެވެ.
އެ ކާމިޔާބީ ހޯދި ފޯމިއުލާ ދޫކޮށްނުލުމަށް އެދި، މީގެ ހަތަރު މަސް ކުރިން މަޖިލިސް މެމްބަރު މީކާއިލް ނަސީމަށް ތާއީދުކޮށް މަސައްކަތް ފަށާފައިވާކަންވެސް ޝަމްހީދު ވަނީ ހާމަކޮށްފަ އެވެ.
ޕާޓީގެ އާންމު މެމްބަރުން އެދެނީ އެއްބައިވަންތަކަމަށް ކަމަށްވާއިރު، ޕާޓީ އިތުރަށް ބައިބައި ނުވާނެހެން ދާއިމީ ޗެއާޕާސަނެއްގެ މައްސަލައަށް ހައްލެއް ހޯދުމަށް ލީޑަރުންނަށް އޭނާ ވަނީ ގޮވާލާފައްވާފަ އެވެ.
"ޕާޓީގެ ލީޑަރުން މަޝްވަރާކޮށް، ޕާޓީ އިތުރަށް ބައިބައި ނުވާނެހެން ދާއިމީ ޗެއަރޕާސަނެއްގެ މައްސަލަ ހައްލުހޯދަން އަދިވެސް ލަހެއްނުވާ ކަމަށް ބުނެ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޝަމްހީދު ވަނީ ބާރުއަޅުއްވާފަ އެވެ.
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ