އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ލުބްނާނާއި އިޒްރޭލާ ދެމެދު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފްތާއަށް އިތުރުކުރިކަން އިޢުލާނު ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަލުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތަކާ ގުޅިގެން ސަރަހައްދުގެ މަސްރަހު އަނެއްކާ ވެސް ވަނީ ނުތަނަވަސްވެފަ އެވެ. އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ ސުލްހައިގެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އީރާނުން ވަނީ ހަރުކަށި އިންޒާރެއް ދީފަ އެވެ. އީރާނުން ބުނެފައި ވަނީ "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމާއި، އިޒްރޭލުން ކުރިއަށްގެންދާ އުދުވާނީ އަމަލުތަކަށް 'އެކްސިސް އޮފް ރެސިސްޓެންސް' އިން ވަރުގަދަ އަދި ހަރުދަނާ ރައްދެއް ދޭނެ" ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ މި ހަމަލާތައް ކުށްވެރިކޮށް، އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލަމުންނެވެ.
އަޝްފާން ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި
ލުބުނާނާއި އިޒްރޭލުގެ އެއްބަސްވުން 3 ހަފްތާއަށް އިތުރުކޮށްފި
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި