މި ސަރުކާރުގެ އަމާޒަކީ ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުން ޖަލަށްލުން ނޫންކަމަށާއި، އަމާޒަކީ އެފަދަ ފަރާތްތައް ކުށްތަކުން ސަލާމަތް ކުރުންކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ފަދަ ގުރޫޕުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް އެފަދަ ދެ ތިން ގްރޫޕެއް ފާހަގަކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
މި ސަރުކާރުން ބޭނުންވަނީ ގޭންގުތަކުގައި ހަރަކާތްތެރިވާ ކުދިން ސަލާމަތްކޮށް އެފަދަ ކުދިން އަބުރުވެރިކަމާއެކު މުޖްތަމައުއަށް އަނބުރާ ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން އަލަށް ފާސްކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބޮޑެތި ބާރުތަކެއް ކަމާބެހޭ އިދާރާތަކަށް ދީފައިވިޔަސް އެފަދަ ފިޔަވަޅުތައް އެޅުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
"ލަފާދޭ ގައުމީ މަޖިލީހުގައި 100 ތަޖުރިބާކާރުން ތިބޭނެ"
ފޯނު ސިގްނަލް ނުލިބޭ އިޓަލީގެ ސިއްރު ހުވަފެނީ މަންޒިލެއް!
